ޚަބަރު

ރަައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އުކުޅަހަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެން އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އުކުޅަހަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޚަބާ އެއް ދަންނަވާފައެވެ. އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުންވަނީ އުކުޅަހުގައި ދިރިއުޅޭ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބައްދަލުކޮށް އެމީހުން ހާލުބައްލަވާފައެވެ. އުކުޅަހު ސްކޫލްގައި ބޭއްވި ބައްދަލުވުމުވައި ރައީސްގެ އަނބިކަނބަލުން ވަނީ އުކުޅަހުގެ ރައްޔިތުންނާއި އެރަށު ހުންނަ މުއައްސަސާތަކުގެ ވެރިންނާއި އިސްރަށްވެހިންނާއި ޒުވާނުންނާއި ބައްދަލުކުރައްވާ ރަށުގެ ހާލަތާއިބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އއ. އުކުޅަހަށް ކުރައްވާ މިދަތުރުފުޅަކީ އެކަމަނާ ފައްޓަވާފައިވާ އެންމެ ގާތުން ރައްޔިތުންގެ ހާލު ބައްލަވާ އިޖުތިމާޢީ ދާއިރާއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޚާއްސަކޮށް ރައީސްގެ އަނބިކަނބަލުންގެ އަތޮޅުތަކަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ރަށްރަށުގެ ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބައްދަލުކުރައްވާ އެމީހުންނާއިއެކު ވަގުތު ހޭދަކުރައްވައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އއ. އަތޮޅުގެ ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އއ. ތޮއްޑޫއަށާއި ރަސްދޫއަށާއި ބޮޑުފުޅަދޫއަށް ވަޑައިގެން މިރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވާ ފައެވެ. އއ. އަތޮޅަށް ރައީސްގެ އަނބިކަނބަލުން ކުރައްވާ މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.