ކުޅިވަރު

މެންޗަސްޓަރ ސިޓީ – މާލީގޮތުން އެންމެ ވަރުގަދަ ކްލަބް


ފުޓްބޯޅަ ކްލަބްތަކުގެ ތެރެއިން ފައިސާއާއި މާލީ ގޮތުން އެންމެ ތަނަވަސް ކްލަބަކީ އިނގިރޭސިވިލާތުގެ މެންޗަސްޓަރ ސިޓީކަމަށް، ސޮކާރެކްސްއިން ހާމަކޮށްފިއެވެ.

ފުޓްބޯޅައިގެ އެކިއެކި ހަރަކާތްތައް ރާވާ، ހިންގާ ފަރާތެއްކަމަށްވާ ސޮކަރެކްސްއިން ހާމަކުރާ ގޮތުގައި މެންޗަސްޓަރ ސިޓީއަކީ މާލީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެވެސް ކްލަބެވެ. އަބޫދާބީގެ ޝާހީ ޢާއިލާގެ މެމްބަރަކު ހިންގަވާ މެންޗަސްޓަރ ސިޓީން ޖުލައިމަހުގެ ޓްރާންސްފަރ ބާޒާރުުގައިވެސް 215 މިލިއަން ޕައުންޑު ކުޅުންތެރިން ހޯދުމަށް ވަނީ ޚަރަދުކޮށްފައެވެ. މިއީ އިނގިރޭސި ކްލަބަކުން މިހާތަނަށް ޚަރަދުކުރި މިންވަރެއް ނޫނެވެ. ސޮކާރެކްސްއިން ޢާއްމުކުރި ލިސްޓުގެ ގަދަ 10 ގައި ގިނައީވެސް އިނގިރޭސި ކްލަބުތަކެވެ.

މާލީ ގޮތުން އެންމެ ތަނަވަސް 10 ކްލަބް

މެންޗަސްޓަރ ސިޓީ (އިނގިރޭސިވިލާތް)އާސެނަލް (އިނގިރޭސިވިލާތް)ޕީއެސްޖީ (ފްރާންސް)ގޮންޒޯ އެވަރގްރާންޑް (ޗައިނާ) ޓޮޓެންހަމް (އިނގިރޭސިވިލާތް)ރެއާލްމެޑްރިޑް (ސްޕެއިން)މެންޗަސްޓަރ ޔުނައިޓެޑް (އިނގިރޭސިވިލާތް)ޔުވެންޓަސް (އިޓަލީ)ޗެލްސީ (އިނގިރޭސިވިލާތް)ބަޔާން މިއުނިކް (ޖަރުމަންވިލާތް)މާލީގޮތުން އެންމެ ތަނަވަސް ކްލަބު ކަނޑައެޅުމުގައި ސޮކަރެކްސްއިން ބަލާ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ އަގާއި، ކްލަބުތަކުގެ ހަރުމުދަލާއި ބެންކުގައި ހުރި ފައިސާގެ އިތުރުން، ދަރަނި ހުރި މިންވަރުވެސް ބަލައެވެ.

ސޮކަރެކްސްއިން ބުނާގޮތުން، ފްރާންސްގެ ޕީއެސްޖީ ފަދަ ބޮޑެތި ޚަރަދުތައް ކުރާ ޓީމުތައް ފަހަތަށް ޖައްސާލުމަށްފަހު އާސެނަލް ފަދަ މާބޮޑު ޚަރަދެއް ނުކުރާ ޓީމްތައް ލިސްޓުގައި ކުރިއަށް އައުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެއީ އާސެނަލްގެ ބިޒްނަސް މޮޑިއުލް އޮތްގޮތުން އެކްލަބަކީ ޕީއެސްޖީން ކުރާ ޚަރަދުކުރެވޭ ފެންވަރުގެ ޓީމަކަށްވުމެވެ. ހަމަ އެގޮތަށް ރަޝިޔާގެ ބިލިއަނަރު ހިންގާ ޗެލްސީއަށް އެތައް ބައިވަރު ފައިސާއެއް ޚަރަދުކުރިއަސް ލިސްޓުގެ 9 ވަނަ އަށް އަންނަނީ، އެހުރިހާ ޚަރަދަކީ ލޯނަށްވުމުންކަމަށް ސޮކަރެކްސްއިން ބުނެއެވެ.

މިއަހަރުގެ ލިސްޓުގެ ކުރީގައި ސްޕެއިންގެ މަޝްހޫރު ބާސެލޯނާއާއި ރެއާލްމެޑްރިޑް ނުހިމެނެއެވެ. އެއީ ވަކި ވަކި ފަރުދުން ހިންގާ ކްލަބްތަކާއި ޚިލާފަށް، އެކްލަބްތަކަކީ މެމްބަރުންގެ ނަމުގައި ހިންގާ ކްލަބްތަކަކަށްވާތީއެވެ.