ޚަބަރު

ފެނަކައިގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ޅ.ހިންނަވަރު ކުނިގޮނޑު ސަރަޙައްދުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.

މިއަދު މެންދުރުފަހު އެއްގަޑި ސާޅީސްކަންހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ނައިފަރު ފަޔަރ ސްޓޭޝަންގެ ޓީމުން ކުރި މަސައްކަތުން ގަޑިއިރެއްހާއިރު ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 

އެމްއެންޑީއެފްއިން މަޢުލޫމާތުދިން ގޮތުގައި ރޯވި ގުދަނުގައި ރައްކާކޮށްފައިވަނީ 80 ޕްލާސްޓިކް ޑަސްބީނާއި، ކަޅުހަމެކެވެ. އަދި މިތަކެތި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.