މުނިފޫހިފިލުވުން

އާ އަހަރުގެ ޝޯވއަށް އާއްމުންގެ ފަރާތުން އާދަޔާ ޚިލާފު ތަރުހީބެއް


ހަވާ އެރުވުމާއެކު ބޭއްވި "ވެލްކަމް 2018" ޝޯވއާއި އެކު 2018 ވަނަ އަހަރަށް ދިވެހިން އުފަލާއި އެކު މަރުހަބާ ކިޔައިފިއެވެ. އާ އަހަރަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި ޝޯވ ވެފައިވަނީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ކާމިޔާބު މިއުޒިކް ޝޯވއަށެވެ. ބޮލީވުޑްގެ ފަންނާނުންނާއި ރާއްޖޭގެ ފަންނާނުންގެ ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންދިޔަ މި ޝޯވ ބަލާލުމަށް ކާނިވާ ސަރަޙައްދަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވެއެވެ. އަދި ޝޯވ ކުރިއަށްދިޔަ ވަގުތު އާއްމުންގެ ފަރާތުން އަދަޔާ ޚިލާފު ޖޯޝާއި ފޯރިއެއް ފެނިގެންދިޔައެވެ.

img:http://s1.psmnews.mv/images/660x400/15147888296253.jpg|

ދިވެހިންނަކީ ހުރިހާ ރަހައެއްގެ މިއުޒިކަށްވެސް ހެޔޮވަރު ބައެކޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ބޮލީވުޑްގެ ލަވައަކަށް ވިޔަސް ހޮލީވުޑްގެ ލަވައަކަށް ވިޔަސް ދިވެހިން ފަރިތަކަމާއެކު އެ ލަވައެއް ކިޔައި، ލަވައިގެ ފޯރީގައި ބައިވެރިވާ މަންޒަރު ފެނެއެވެ. މިކަން އެންމެ ރަނގަޅަށް ތަޖުރިބާކޮށްލެވުނީ އައު އަހަރަށް މަރުހަބާކިޔުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި "ވެލްކަމް 2018" އިންނެވެ. ޝޯވގެ ފެންވަރާއި، އިންތިޒާމްތަކާމެދު އެއްޗެއް ބުނުމަށްވުރެ، ތަނުގެ ފޯރި މާގަދަކަން ފާހަގަކޮށްލަންޖެހެއެވެ. ދިވެއްސާއި ހިންދީ ތަފާތު ރަހަތަކުގެ ހިތްގައިމު ރީތި ލަވަތަކެއް ޝޯވގައި އެކި ފަންނާނުން ހުށައަޅާދެމުންދިޔައިރު، ޝޯވ ބަލާލުމަށް ދިޔަ މީހުންގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ކުލަވަރުތަކެވެ.

img:http://s1.psmnews.mv/images/660x400/15147881353645.jpg|

ރާއްޖޭގެ މިއުޒިކީ ޢީދެއްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ބާއްވާ މި ޝޯވ އަހަރަކަށްވުރެ، އަހަރެއް ފޯރިގަދަކުރުމަށް މަސައްކަތްކުރާއިރު، މިފަހަރުގެ ޝޯވއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ފުރިހަމަ ޝޯވކަން، ޝޯވ ބަލާލުމަށް އެ ސަރަޙައްދަށް ދިޔަ އާއްމުންގެ ވާހަކަތަކުން އެގެއެވެ.

img:http://s1.psmnews.mv/images/660x400/15147881852741.jpg| އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޝޯވ ބަލާލުމަށް ގިނަ އަދަދެއްގެ އާއްމުން ކާނިވާ ސަރަޙައްދަ ޖަމާވިއިރު، މީގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދުވެސް ވަކިމަދެއް ނޫންނެވެ. ޝޯވއަށް އޮތް ޖޯޝާއި، ފޯރި ނެރުމުގައި އެމީހުންވެސް ދިވެހިންނަށް ވަކި ދުލެއް ނުކުރެއެވެ. ދިވެހިންނެކޭ އެއްފަދައިން އައު އަހަރުގެ އުފަލުގައި އެމީހުންވެސް ދިޔައީ ބައިވެރިވަމުންނެވެ.ބޮލީވުޑްގެ ލަވަތަކަށް ފައިހަމަކުރަމުން ދިވެހިން 2018 ކުރިމަތިލީ ހިނިތުންވުމާއި އުފަލާއެކުއެވެ. ބަޑިބޭހުގެ ހަރަކާތްތަކާއެކު، އެ މަންޒަރުތައް ރައްޓެހިންނާއި އާއިލާ މެމްބަރުންނާއެކު ފޮޓޯއާއި ވީޑިއޯ ކުރަމުންނެވެ.