ކުޅިވަރު

ޑީބަލާގެ ދެގޯލާއެކު ޔުވެންޓަސްއާއި ނަޕޯލީގެ ފަރަޤު ޕޮއިންޓެއްގައި


ޑީބަލާގެ ދެ ލަނޑާއެކު ތިނެއް އެކަކުން، ވެރޯނާ ބަލިކޮށް، ނަޕޯލީއާ ޕޮއިންޓަކަށް ޔުވެންޓަސް ކައިރިކޮށްފިއެވެ.

 އިޓާލިއަން ސެރީއޭގައި ވެރޯނާގެ މައްޗަށް ޔުވެންޓަސް ކުރި ހޯދި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ހަ ވަނަ މިނިޓްގައި މަޓުއިޑީ ޔުވެންޓަސްއަށް ކުރި ހޯދައިދިނެވެ. 59 ވަނަ މިނިޓްގައި ވެރޯނާއިން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، ޑީބަލާ ކުރި ހޯދައިދިނީ 72 ވަނަ މިނިޓްގައެވެ. އޭގެ ފަސް މިނިޓްފަހުން ޑީބަލާ ވަނީ ޔުވެންޓަސްގެ ލީޑް ފުޅާކޮށްދީފައެވެ. 

މިމޮޅާއެކު ޔުވެންޓަސްއަށް 19 މެޗުން ލިބެނީ 47 ޕޮއިންޓެވެ. ނަޕޯލީ އޮތީ 19 މެޗުން ހޯދި 48 ޕޮއިންޓާއެކު އެއްވަނާގައެވެ. ތިންވަނާގައި އިންޓަރމިލާން އޮތީ 41 ޕޮއިންޓާއެކުއެވެ. ހަތަރުވަނާގައި ރޯމާ އޮތީ 18 މެޗުން 39 ޕޮއިންޓާއެކުއެވެ.