ކުޅިވަރު

2017 ވަނަ އަހަރަކީ އަބަދުވެސް ހަނދާން ހުންނާނެ އަހަރެއް - ކޮންޓޭ


2017 ވަނަ އަހަރަކީ އަބަދުވެސް އޭނާ ހަނދާން ހުންނާނެ އަހަރެއް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އޭނާ މިހެން ބުނީ ސްޓޯކް ސިޓީ އަތުން ރޭ 5-0 ން މޮޅުވި މެޗަށްފަހުއެވެ. މި މެޗުގައި ޗެލްސީގެ ޒަޕަކޯސްޓާ އާއި ރުޑިގާ އަދި ޑެނީ ޑްރިންކް ވޯޓާ އާއި ވިލިއަންގެ އިތުރުން ޕެޑްރޯ ވެސް ވަނީ ގޯލު ޖަހާފައެވެ.

މެޗުގައި މާޔޫސްވި ހަމައެކަނި ކުޅުންތެރިއަކީ ފޯވަޑް އަލްވާރޯ މޮރާޓާއެވެ. އޭނާ އަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނު ނަމަވެސް ކޯޗު ބުނީ އެކަމާ ހިތާމަ ނުކުރާ ކަމަށެވެ. ފޯވަޑެއްގެ އެންމެ މުހިންމު ކަމަކީ ގޯލު ޖެހުން ކަމަށާއި، ނަމަވެސް އަބަދު ގޯލު ނުޖެހިދާނެކަން ޤަބޫލުކުރަންވާނެ ކަމަށެވެ.

ކޮންޓޭ ބުނީ ޗެލްސީ އަށް 2017 ވަނަ އަހަރަކީ ހުރިހާ ގޮތަކުން ފަހި ކާމިޔާބު އަހަރެއް ކަމަށެވެ. ހާއްސަކޮށް އޭނާގެ ކޯޗުކަމުގެ ފުރަތަމަ އަހަރު އިނގިރޭސި ލީގު ކާމިޔާބު ކުރެވުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. ސަބަބަކީ އިނގިރޭސި ޓީމަކާ ހަވާލުވެ ފުރަތަމަ އަހަރު ލީގު ހޯދުމަކީ ފަސޭހަކަމެއްނުވާތީ ކަމަށެވެ.