ކުޅިވަރު

ލައިބީރިޔާގެ ރައީސްކަމަށް ދުނިޔޭގައި އުފެދުނު މޮޅު ފޯވާޑެއް!


ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ ޖޯޖް ވިޔާ ލައިބީރިޔާގެ ރައީސްކަމުގެ އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ. 

ނަތީޖާތައް ދައްކާގޮތުން އޭނާއަށް ވަނީ ލައިބީރިޔާގެ ރައީސްކަމުގެ މަޤާމް ކަށަވަރުވެފައެވެ. އިލެކްޝަން ކޮމިޝަނުން ގުނާ ޢާއްމުކުރި %98.1 ވޯޓް ފޮށިން ޖޯޖް ވިޔާ ވަނީ %61.5 އިންސައްތަ ވޯޓް ކާމިޔާބުކުރައްވާފައެވެ. ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ޖޯޖް ވިޔާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާ ހޯދީ 1995 އަހަރުއެވެ. 

އޭނާގެ އަށާރަ އަހަރުވީ ފުޓްބޯޅަ ކެރިއަރ ނިންމާލީ ދެހާސް ތިންވަނަ އަހަރުއެވެ. ޖޯޖް ވިޔާ ވަނީ ދުނިޔޭގެ ބޮޑަތި ކްލަބްތައް ކަމަށްވާ އޭސީމިލާނާއި، ޗެލްސީގެ އިތުރުން މެންޗެސްޓަރ ސިޓީއަށްވެސް ކުޅެފައެވެ. 

ޔޫރަޕުން ބޭރުން ބެލަންޑިއޯ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާ ޖޯޖް ވިޔާ ވަނީ އަށާރަ އަހަރު މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެފައެވެ. ލައިބީރިޔާގެ ޤައުމީ ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރި ޖޯޖް ވިޔާ ޤައުމުގެ ރައީސްކަމަށް އިންތިޚާބުވީ އިރު އުމުރަކީ 51 އަހަރެވެ.