ކުޅިވަރު

އޭއެފްސީން ރާއްޖެ ޖޫރިމަނާކޮށްފި


އޭއެފްސީން ރާއްޖެ 1500 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާއިން ރާއްޖެ ޖޫރިމަނާކުރީ އޭޝިއަންކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފަށް ނުކުތުން ލަސްވުމުގެ ސަބަބުންނެވެ. އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފަލަސްތީނުގައި ކުޅުނު މި މެޗުގެ ފަހުހާފަށް ރާއްޖެ ނުކުތީ ދެ މިނިޓް ލަހުން ކަމަށެވެ.

މިހެންވެ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ރާއްޖެ އަށް ވަނީ އަންގާފައެވެ.

މި އަހަރުގެ ތެރޭގައި އޭއެފްސީ ގަވާއިދާ ހިލާފުވެގެން ރާއްޖޭގެ ޖޫނިއާ ޓީމުތަކާއި ބައެއް ޖޫނިއާ ކުޅުންތެރިން އޭއެފްސީންވަނީ ޖޫރިމަނާކޮށްފައެވެ.