ކުޅިވަރު

ވެންޑައިކް ހޯދަން ބާސެލޯނާ މަސައްކަތް ފަށައިފި


ސައުތެމްޓަނުގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ހޯދަން ބާސެލޯނާއިން ވެސް މަސައްކަތް ފަށައިފިއެވެ.

ނެދަލޭންޑްސްގެ ޑިފެންޑަރު ވެންޑައިކް އަކީ އިނގިރޭސި ބޮޑެތި ކުލަބުތަކުން ވެސް ހޯދަން ބޭނުންވެގެން އުޅޭ ޑިފެންޑަރު. އޭގެ ތެރޭގައި ލިވަޕޫލް އާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ ހިމެނެއެވެ.

ވެންޑައިކް ހޯދަން ބާސެލޯނާއިން މަސައްކަތް ފެށީ އެ ޓީމުގެ ފަހަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށެވެ. ޚާއްސަކޮށް ޖެނުއަރީ މަހު އޭޖެންޓީނާގެ ޑިފެންޑަރު ހާވިއާ މަޝެރާނޯ ކުލަބު ދޫކޮށްލާތީ އާއި ފުރަތަމަ 11ގައި ކުޅެމުން އަންނަ އަންނަ އުމްޓިޓީ ވެސް މިވަގުތު އަނިޔާގައި ހުރުމުންނެވެ. ބާސެލޯނާގެ ޑިފެންޑަރުންގެ ތެރެއިން މިވަގުތު ފޯމުގައި ހުރި ހަމައެކަނި ސެންޓްރަލް ޑިފެންޑަރަކީ ތަޖުރިބާކާރު ކުޅުންތެރިޔާ ޖެރާޑް ޕީކޭއެވެ.

ވެންޑައިކް ގަތުމުގެ ރޭހަށް ބާސެލޯނާވަންއިރު ޖެނުއަރީ މަހު އޭނާ އަށް 70 މިލިއަން ޔޫރޯ ހުށަހަޅަން ލިވަޕޫލް ވެސް އޮތީ ތައްޔާރަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ މި ރޭހަށް ވަނުމަށް ތައްޔާރުވަމުންނެވެ.