ޙާފިޡުކަމުގެ އިމްތިޙާނު ދިނުމާއި ޙާފިޡުކަމުގެ ސަނަދު ދޫކުރުމާއި ޙާފިޡުންނަށް ދައުލަތުން ދެއްވާ ޢިނާޔަތް ދެއްވުން އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުއްވުމަކީ ހަމައެކަނި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރައްވާ ކަމެއްގެގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވީ މި މަސައްކަތް ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އެކަނި ކުރައްވާގޮތަށް ހަމަޖެއްސެވުމުން، ފަސޭހަކަމާއެކު އޮޅުންކުޑަގޮތަކަށް ކުރެއްވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.
ރާއްޖޭގައި ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހޯދާ ފަރާތްތައް އިތުރުވަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.