ކުޅިވަރު

އިރޭ މާޒިޔާގައި މަޑުކޮށްފި


މިއަހަރު މާޒިޔާގެ މެދު ތެރޭގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އިރުފާން (އިރޭ) މިއަންނަ އަހަރުވެސް މާޒިޔާގައި މަޑުކުރަން ނިންމައިފިއެވެ.

 2014 ވަނަ އަހަރު މާޒިޔާއާއި ގުޅުނު މުހައްމަދު އިރުފާނަކީ މާޒިޔާގެ ފުރަތަމަ އެގާރާގައި ހިމެނިގެން އާއްމުކޮށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މާޒިޔާއިން މިއަހަރުގެ ޗެރިޓީ ޝީލްޓް މެޗާއި، އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރިއިރު، އިރޭއަކީ އެޓީމްގެ މުހިންމު ކުޅުންތެރިއެކެވެ. 

މަޢުލުމާތު ލިބިފައިވާ ގޮތުގައި އިސްމާޢީލް އީސާ (މެސީ)އާއި، ޔަސްފާދު ހަބީބު (މުލަކޭ)ވެސް ވަނީ މާޒިޔާގައި މަޑުކުރަން ނިންމާފައެވެ. މިހާތަނަށް މާޒިޔާ ދޫކޮށް އެހެން ޓީމަކަށް ބަދަލުވެފައިވަނީ މިދިޔަ ތިން އަހަރުވެސް މާޒިޔާގެ މެދު ތެރޭގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އުމެއިރުއެވެ. އުމެއިރު ބަދަލުވެފައިވަނީ މާޒިޔާއާއި އެންމެ ވާދަވެރި އަދި އުމެއިރުގެ ކުރީގެ ކުލަބް ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބަށެވެ.