ވިޔަފާރި

ހުޅުމާލެ ފެރީ ޓާމިނަލަށް ބައެއް އިތުރުކޮށްދޭނެފަރާތެއް ހޯދަނީ





ހުޅުމާލޭ ފެރީ ޓާރމިނަލް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް، ފެރީ ޓާރމިނަލް އަށް ބައެއް އިތުރުކޮށް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްޓީސީސީއިން އިއުލާންކޮށްފިއެވެ.


އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އެގްޒެގެޓިވް އުސްމާން ހަފީޒު ވިދާޅުވީ، ހުޅުމާލޭގައި މިހާރު ޤާއިމްކޮށްފައިވާ ފެރީ ޓާމިނަލަކީ ތިންސަތޭކަ މީހުންގެ ޖާގައިގެ ޓާރމނިލެއް ކަމަށާއި އެހެންނަމަވެސް އެތަން ބޮޑުކުރުމުން ފަސްސަތޭކަ މީހުންނަށް ޖާގަ އިތުރުވެގެންދާނެ ކަމަށެވެ.


ފެރީ ޓާރމިނަލަށް  ބައެއް އިތުރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މާދަމާގެ ނިޔަލަށް ޝައުޤުވެރިކަން ހުށަހަޅަންޖެހޭ ކަމަށް އުސްމާން ވިދާޅުވިއެވެ. އުސްމާން ވިދާޅުވީ، ކުންފުނީގެ އަމާޒަކީ ކުރިޔަށް އޮތް ރަމަޟާން މަސް ފެށެންވާއިރަށް ޓާރމިނަލްގެ މަސައްކަތް ނިންމުން ކަމަށާއި އެހެންނަމެވެސް އެކި ސަބަބުތަކާއި ހެދި އެމުއްދަތަށް މަސައްކަތް ނިންމާނުލެވޭނެ ކަމަށެވެ.


 


ހުޅުމާލޭއާ މާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ މަހުވެސް ފެރީތަކެއް ހޯދުމަށް ވަނީ އެކުންފުނިން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާ  ކަމަށް އެމްޓީސީސީން ބުނެއެވެ.