ކުޅިވަރު

އެފްއޭއެމްގެ ޚާއްސަ އެވޯޑް 3 ބޭފުޅަކަށް!


ފުޓްބޯޅަ އަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާތީވެ އަގުވަޒަންކުރުމުގެ ގޮތުން ކުއީން އަހުމަދު ވަހީދާއި ރިނބުދޫ މުހައްމަދު ނާސިރާއި އަދީލް ޖަލީލަށް އެފްއޭއެމުގެ ޚާއްސަ އެވޯޑްދީފިއެވެ.

ދަރުބާރު ގޭގައި ރޭ ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްގައި މި ތިން ބޭފުޅުނަށް ވެސް އެފްއޭއެމުގެ މެޑަލް ހަވާލުކޮށްދެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލްޖަލީލެވެ.

އިނާމް ލިބުނު ތިން ބޭފުޅުންގެ ތެރެއިން ކުއީން ވަހީދަކީ ނިއުރޭޑިއަންޓްގެ މަސްއޫލުވެރިޔާއެވެ. އަދި އެ ކުލަބު މިހިސާބަށް ގެނެސްދެއްވުމުގެ ހަގީގީ ބާނީއެވެ. ނިއުރޭޑިއަންޓް 1997 ވަނަ އަހަރުގެ ސީޒަން ކާމިޔާބު ކުރިއިރުގަ އާއި އޭސީސީގެ ދެ ވަނަ ބުރަށް ދިޔައިރު ކުލަބު ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވީ ވަހީދެވެ.

ރިނބުދޫ މުހައްމަދު ނާސިރަކީ ވިކްޓަރީ ސްޕޯޓްސް ކުލަބު އުފެއްދެވުމުގައި ވެސް ހަރަކާތްތެރިވި ކުރީގެ މޮޅު ޑިފެންޑަރެކެވެ. ވިކްޓަރީ ހިންގެވުމުގެ އިތުރުން ކުލަބު ލެގޫންސް އުފެއްދެވުމުގައި ވެސް އޭނާގެ ހިއްސާބޮޑެވެ. އަދި މާލޭ ޒަމާނީ މިއުޒިކް ކުލަބުގައި ވެސް އޭނާ ވަނީ 70ގެ އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ.

އަދީލް ޖަލީލަކީ ކުލަބު ވެލެންސިއާގެ ޗެއާމަނެވެ. އެކުލަބު ކަޕް ވިނާސް ކަޕް މިލްކު ކުރުމާއި 96 އިން ފެށިގެން2006 އަދި މިހާރު ވެސް ކުލަބުގެ ހޯދަމުންދާ ކާމިޔާބީގެ ހަގީގީ ބާނީ އަކީ އަދީލެވެ.