ކުޅިވަރު

މިސްކިތްމަގުން ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި


ސީލައިފް ގްލޯބަލް 49ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތަށިމިސްކިތްމަގު އެންމެންގެ ގުޅުމުން ދިފާޢުކޮށްފިއެވެ. 

މުބާރާތުގެ ފައިނަލްގައި މިއަދުހަވީރު ވާދަކޮށް މިސްކިތްމަގު ޗެމްޕިއަންކަން ހޯދީ ޕޮލިސް ކުލަބާއި ވާދަކޮށް ތިންސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ ސެޓުތައް މިސްކިތްމަގުން ގެންދިޔައީ ފަންސަވީސް އަށާރަ، ފަންސަވީސް އެކާވީސް، ސައުވީސް ސައްބީސް އަދި ފަންސަވީސް އެކާވީހުންނެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީމިސްކިތްމަގުގެ ޕްރަތިބާ މަލީއެވެ. 

މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔަކީ މިސްކިތްމަގުއެންމެންގެ ގުޅުމުގެ ފާތިމަތު ޖޫޒާން ޒަރީރެވެ. 

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ މިސްކިތްމަގުގެ ނިރުމަލާއެވެ. 

މުބާރާތުގެ ފިރިހެން ބައިގެ ފައިނަލްމެޗު މާދަމާރޭ އޮންނާނެއެވެ. ފައިނަލްގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބާއި،މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.