ޚަބަރު

"ނުރައްކާތަކާ ކުރިމަތިލުމަށް ފަންނީ ގޮތުން ތައްޔާރުވާންޖެހޭ"


ދިވެހިރާއްޖޭއަކީ ކުޑަ ޤައުމަކަށް ވިޔަސް ކައުންޓަރ ޓެރަރިޒަމްގެ ނުރައްކާ ކުޑަ ނޫން ކަމަށާއި، އެކަމަށް ޢިލްމީގޮތުންނާއި ފަންނީ ގޮތުން ދިވެހި ފުލުހުން ތައްޔާރުވެ ތިބުމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ގޮވާލައްވައިފިއެވެ. ފޮރިން މިނިސްޓަރ މިކަމަށް ގޮވާލެއްވީ ފުލުހުންގެ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ ލޯން އެންފޯސްމަންޓް ސްޓަޑީސް، އައިލްސް އިން ހިންގި ސެޓްފިކެޓް ލެވެލް ގެ ތިން ކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، ކައުންޓަރ ޓެރަރިޒަމްގެ ނުރައްކާ ދުނިޔޭގެ ހުރިހާ ޤައުމަކަށް ކުރިމަތިވެފައިވާ ކަމަށާއި ރާއްޖޭގެ ފުލުހުންނަކީ މިފަދަ ނުރައްކާތަކާ ކުރިމަތި ލެވޭވަރުގެ ބަޔަކަށް ވުމަށް، މިދާއިރާގެ ޢިލްމާ ފަންނު އުނގެނިގެން ތިބި ބަޔަކަށް ވުން މުހިންމު ކަމަށެވެ. އަދި ރާއްޖޭ އިޤްތިސާދުގެ ބޮޑު ބަޔެއް ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު، ރާއްޖެއަކީ ފަތުރުވެރިނަނަށް ރައްކަތެރި ތަނަކަށް ހެދުމަށް މުޙިންމު ފިޔަވަޅުތައް އަޅަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، ފުލުހުންގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އައިލްސް އިން ކުރަމުން އަންނަ މަސައްކަތްވެސް ފާހަގަކުރައްވާފައެވެ. img:http://s2.psmnews.mv/images/660x400/15132610317324.jpg|އައިލްސް އިން ހިންގި ކޯހުން ދަސްވެނިވި ދަރިވަރަކަށް ކޮމިޝަނަރ އޮފް ޕޮލިސް ސެޓްފިކެޓް ހަވާލުކޮށް ދެއްވަނީ އައިލްސްއިން ހިންގި ސެޓްފިކެޓް ތްރީ އިން އިންޓެލިޖެންސް ފައުންޑޭޝަން ސްޓަޑީޒްސްއާއި ޕޮލިސް މެނޭޖްމަންޓްއާއި ހޮޓެލް ޕްރޮޓެކްޓިވް ކޯސް ފުރިހަމަކޮށް 59 ފުލަހަކު ވަނީ ސެޓްފިކެޓް ޙާސިލްކޮށްފައެވެ. މީގެ ތެރެއިން ހޮޓެލް ޕްރޮޓެކްޓިވް ކޯސް ހިންގާފައިވަނީ އައިލްސް އާއި އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސް ގުޅިގެންނެވެ. ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ޕޮލިސް ސްޓޭޝަންތައް މެނޭޖްކުރާނެ ގޮތާއި ކައުންޓަރ ޓެރަޒިޒަމުގެ ނުރައްކާ ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.