ޚަބަރު

މެލޭޝިއާގެ ބޮޑުވަޒީރު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު އަންނަ ހަފްތާގައި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް ޢަލީ ވިދާޅުވީ، މިމަހުގެ 19 އިން 20 އަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުުރުފުޅުގައި، ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމާގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއީ 33 އަހަރަށް ފަހު މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން މެލޭޝިއާގެ ބޮޑު ވަޒީރަކު ރާއްޖެ ވަޑައިގެންފައިވަނީ 1984 ވަނަ އަހަރުއެވެ.

ރައީސް އަބްދުﷲ ޔާމީނާއި، އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ވަނީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުގެ ދައުވަތަކަށް މިދިޔަ އަހަރު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެދަތުރުފުޅުގައި ދެޤައުމުން ވަނީ ޓެރަރިޒަމާ ގުޅުން ހުރި މަޢުލޫމާތުތަކާއި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންގެ މަޢުލޫމާތު ދެގައުމުގެ ދެމެދުގައި ޙިއްސާކުރުމަށް އެއްބަސްވެފައެވެ.