ވިޔަފާރި

މެދުފުށިން މީރާއަށް 41 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި


މީރާއަށް ސާޅީސް އެއް މިލިއަން ރުފިޔާ ދެއްކުމަށް މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ކަނޑައަޅާފައިވާ ތާރީޙަށް ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ދެ މިލިއަން ހަސަތޭކަ ހަތްދިހަ ހަތް ހާސް ދުއިސައްތަ ނުވަދިހަ އަށް ޔޫއެސް ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ ސާޅީސް އެއް މިލިއަން ދުއިސައްތަ ފަންސާސް ހަތްހާސް އެއްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ މީރާއަށް ތިން މަސް ދުވަސްތެރޭ ދައްކާ ޚަލާސް ކުރުމަށެވެ.

މ. މެދުފުށި ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށަށް ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަދުގައެވެ.