ޚަބަރު

ރިސޯޓުން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ


ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މި މީހާގެ ހަށިގަނޑު ފެނުނީ އދ.މަހިބަދޫ ކައިރީގައި އޮންނަ މާފަރު ކިޔާ ފަޅެއްގެ ތެރެއިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީހާއަކީ އެ ރިސޯޓުގައި މަސައްކަތްކުރާ ޗައިނާގެ (25އ) މީހެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މީހާގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:50އެހާއިރު ކަމަށް ފުލުހުން ބުނެއެވެ.