ކުޅިވަރު

ސްޕޯޓްސް ކޮމިޝަނަރ އިސްތިއުފާ ދެއްވައިފި


ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ނަޝީދު މަގާމުންއިސްތިއުފާ ދެއްވައިފިއެވެ. 

ނަޝީދު މަގާމުން އިސްތިއުފާދެއްވިކަން މިއަދުޢިއުލާންކުރެއްވީ ސޯސަލް މީޑިޔާގައެވެ. 

ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން އަހުމަދު ނަޝީދު ވިދާޅުވީ މަޤާމުން އިސްތިއުފާދެއްވި މައިގަނޑު ސަބަބަކީ އަމިއްލަ ދިރިއުޅުމުގައި މިވަގުތު ކަންތައްތައްހުރި ގޮތުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނުދެވޭނެތީކަމަށެވެ.

ޒިންމާދާރު މަގާމެއްގައި ހުންނަވައި އެމަގާމް އެންމެ ފުރިހަމައަށް އަދާކުރައްވަން އާއިލާގެ ކަންތައްތައް ހުރިގޮތުން މިވަގުތު އުނދަގޫތަކެއް ކުރިމަތިވާނެތީ އިސްތިއުފާ ދެއްވަން ނިންމެވީކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ. 

ކުޅިވަރަށްއަބަދުވެސް ކުރިއެރުން ލިބުމަށް އެދޭކަމަށްވެސް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މިއަދުކުރެއްވި ޓްވީޓްގައިވަނީ ފާހަގަކުރައްވާފައެވެ.

އަޙުމަދު ނަޝީދު (ޑޭވް)ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި ދިމާވި މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވާފައެވެ. މީގެ އިތުތުން އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ހަރުދަނާކުރުމާއި، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުލަބު ޖަމިއްޔާތައް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގެ ދަށަށް ބަދަލްކޮށް ރަޖިސްޓްރީކުރުމުގެ މަސައްކަތްވެސް ފެއްޓެވިއެވެ.