ކުޅިވަރު

އެވަޓަންއަށްއަށް ލިބުނު ޕެނަލްޓީއާއެކު ކްލޮޕް ރުޅިގަދަވެއްޖެ


ޕްރެމިއާ ލީގުގައި ފާއިތުވެދިޔަ 29 އަހަރު ތެރޭގައި ލިވަޕޫލްގެ ދަނޑުގައި އެވަޓަން އަށް ލިބުނު ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށް 1-1އިން މެޗު އެއްވަރުކުރުމުން ލިވަޕޫލް ރުޅިގަދަވެއްޖެއެވެ.

މެޗަށް ފަހު ކޯޗު ޔާގެން ކްލޮޕް ބުނީ ކުޅުންތެރިން ދަނޑުމަތީގައި ކުރާ ކަންތައްތައް ރެފްރީންނަށް އެނގެނީ ވަރަށް ކުޑަމިންވަރަކަށް ކަމަށެވެ. އަދި އެވަޓަން އަށް ޕޮއިންޓެއް ހޯދައިދިނީ ރެފްރީ ކަމަށާއި އޭނާ ދީފައިވަނީ މުޅިން ގޯސް ޕެނަލްޓީއެއް ކަމަށެވެ.

މުހައްމަދު ސަލާހް ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑް ނަގައިދީފައިވަނިކޮށް 77 ވަނަ މިނިޓްގައި އެވަޓަންގެ ކެޕްޓަން ވޭން ރޫނީ ކާމިޔާބުކޮށްދިން ޕެނަލްޓީން މެޗު އެއްވަރުވުމުން ލިވަޕޫލްގެ ކުޅުންތެރިން ވެސް ވަނީ ފަހު ކަށިގަނޑާއެކު ރެފްރީ ވަށާލައިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކޯޗު ކްލޮޕް ބުނީ އެވަޓަން އަށް ޕޮއިންޓެއް ހޯދައިދޭން ފުރުސަތު ފަހުކޮށްދިނީ ރެފްރީ ކަމަށާއި އެންމެ ޓީމަކުން މެޗުން މޮޅުވާން ކުޅޭއިރު އިދިކޮޅު ޓީމުން ބޯޅައާއެކު ޕެނަލްޓީ އޭރިޔާތެރެއަށް ވަންނަ ހަމައެކަނި ފަހަރު ތާކުންތާކު ނުޖެހޭ ޕެނަލްޓީ ދިނުމަކީ އިންސާފެއްނޫން ކަމަށެވެ.

ނަމަވެސް ފަހުން ކްލޮޕް ވަނީ އޭނާ ދީފައިވާ އިންޓަވިއުއާމެދު މައާފަށް އެދިފައެވެ.

ނަމަވެސް އެވަޓަންގެ ކޯޗު ސޭމް އެލާޑީސްވެ ވިސްނުން ތަފާތެވެ. އޭނާ ބުނީ ރެފްރީގެ ނިންމުން ބަރާބަރު ކަމަށާއި ލިވަޕޫލްގެ ޑިފެންޑަރު ލޮވްރެން ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލްކުރިކަމާމެދު ޝައްކެއްނެތް ކަމަށެވެ.

މި މެޗު އެއްވަރުވުމުން ލިވަޕޫލް ހަތަރު ވަނަގައިވަނީ 30 ޕޮއިންޓާއެކުގައެވެ. 19 ޕޮއިންޓާއެކު އެވަޓަން އޮތީ 10 ވަނާގައެވެ.