ޚަބަރު

ހުވަދު އަތޮޅާއި އައްޑުއަތޮޅަށް ވިސާރަކުރާނެ


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ހުވަދު އަތޮޅާއި އައްޑޫ ސިޓީއަށް ގުގުރުމާއި އެކު ބޯކޮށްވާރޭވެހޭނަކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފި. 

މެޓް އޮފީހުން ބުނީ ކުރިޔަށް 24 ގަޑިއިރުގެ ތެރޭގައި ހުވަދު އަތޮޅާއި އައްޑޫ ސިޓީއަށް ގުގުރުމާއި އެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ސައުވީސްގަޑިއިރު ތެރޭ ރާއްޖޭގެ އުތުރާއި މެދު ރާއްޖޭ ތެރޭ ރަށްތަކަށް އާންމުގޮތެއްގައި މޫސުން ރަގަޅުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ އިރު ދެކުނުގެ ބޭ އޮފް ބެންގާލްގައި މިހާރު އުފެދިފައިވާ ލޯޕްރެޝަރ އަދި ޑިޕްރެޝަންއަކަށް ބަދަލުވެފައިނުވާކަމަށެވެ. އަދި އެ ސަރަޙައްދަށް ތޫފާނެއް އެރި ނަމަވެސް އެ ތޫފާނުގެ ރާއްޖެއަށް ނުކުރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި އިއްޔެ ވަނީ ގ.ދ ގެ ފަސްރަށެއްގައި ފެންބޮޑުވެ، ގެތަކަށް ފެންވަދެފައެވެ. އެހެންނަމަވެސް ފެން ވަންދެފައިވާ ގެތަކުގެ ހިފާ ގެންގުޅޭ ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.