ތަޢުލީމު

ލަންކާގެ ސްޕެކްޓްރަމް ކޮލެޖުން ދިވެހިންނަށް ޑިސްކައުންޓް


ސްރީލަންކާގެ ސްޕެކްޓްރަމް ކޮލެޖުން ދިވެހިންނަށް ޑިސްކައުންޓް ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އާއި ސްރީލަންކާގެ ސްޕެކްޓްރަމް ކޮލެޖާއި ދެމެދުވި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް އެ ކޮލެޖުން ކިޔެވުމަށް ޙާއްސަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. 

ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި ކިޔަވާ ދަރިވަރުންނަށް އެ ކޮލެޖުގައި ކިޔެވުމަށް 75 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށެވެ. އަދި އެމްއީސީސީ ގައި ކިޔަވާ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްޕެކްޓްރަމް ކޮލެޖުން 2018 ވަނަ އަހަރު ކިޔެވުމަށް ފުލް ސްކޮލަރޝިޕް ލިބޭނެކަމަށްވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން މައުލޫމާތު ދެއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފެވެ. ސްރީލަންކާގެ ސްޕެކްޓްރަމް ކޮލެޖަކީ މިހާރު ދިވެހި ދަރިވަރުން ކިޔަވަމުންދާ އަދި ދިވެހިން ކޮލޮމްބޯގައި ދިރިއުޅޭ ސަހަރައްދާ ކައިރީގައި ހުންނަ ކޮލެޖެކެވެ.