ޚަބަރު

ބޭރުގެ ކެޑޭޓުންނާއި އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި


އިންޓަރނޭޝަނަލް ކެޑޭޓް އެކްސްންޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖެއައިސް ތިބި ބޭރު ޤައުމުތަކުގެ ކެޑޭޓުންނާއި އިސް އޮފިސަރުންނާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

އިންޓަރނޭޝަނަލް ކެޑޭޓް އެކްސްންޗޭންޖް ޕްރޮގްރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކެޑޭޓުނާއި ގުޅުން ބަދަހިކޮށް ދިވެހި ކެޑޭޓުނަށް ރާއްޖޭން ބޭރުގެ އެކިއެކި ޤައުމުތަކުގައި ބާއްވާ އެކި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެ ދިވެހި ކެޑޭޓުންނަށް ލިބޭ ފުރުސަތު އިތުރުކޮށް ކެޑޭޓުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއަހަރުގެ ޤަޢުމީ ކެޑޭޓް ކޭމްޕުގައި ރާއްޖެއިން ބޭރުގެ ތިން ޤައުމަކުން ބައިވެރިވެއެވެ. އެއީ ސްރީލަންކާއާއި އިންޑިޔާ އާއި ބަންގްލަދޭޝްގެ ކެޑޭޓުންނެވެ. މި ޤައުމުތަކުން ކޮންމެ ޤައުމަކުންވެސް 02 އަންހެން ކެޑޭޓުންނާއި 02 ފިރިހެން ކެޑޭޓުންގެ އިތުރުން ކޮންމެ ގަޢުމަކުން އޮފިސަރަކު ބައިވެރިވެއެވެ. ކޭޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިން އެޑިއުކޭޝަން މިނިސްޓަރ ގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްއާއި އެމް،އެން،ސީ،ސީ ކޮމާންޑިގ އޮފިސަރާއި ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން  ޕޮލިސް ހެޑްކުއާޓަރަށާއި ގިރިފުށި ޓްރޭއިނިގ ސެންޓަރަށާއި މާލެ ގެ އާސާރީ ތަންތަނާއި ކަނޑުއޮށްގިރި މަސްފެކްޓްރީ އަދި  ބަންޑޮސް އައިލެންޑް ރިސޯޓް އަށް ޒިޔާރާތް ކުރާނެއެވެ.