ޚަބަރު

ޢާންމު ސާފުތާހިރުކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ފެންބޮޑުވަމުންދާތީ ފެން ބޭނުންކުރުމުގައާއި ޢާންމު ސާފުތާރިރުކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިއެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެޑްވައިޒަރީއެއްގައި ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް، ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ނަރުދަމާ ފުރިގެން ނިކުންނަ ނަމަ ފެންވެރުމަށް ވަޅުފެން ބޭނުން ކުރުމުގެ ކުރިން ކްލޮރިން ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މިދުވަސްވަރު ބުއިމަށާއި ކެއުމަށް އަދި ތަށި ދޮވުމަށް ވާރޭފެން، ނުވަތަ ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ވާރޭވެހުމުގެ ސަބަބުން ބޮޑުވާ ފެންގަނޑުގެ ތެރެއަށް ކުޑަކުދިން އެރުނަ ނުދިއުމަށް އެ އޭޖެންސީން ވަނީ އިލްތިމާސްކޮށްފައިވެއެވެ.

އަދި ސައިބޯނި ލައިގެން ސާފު ބޯފެނުން އަތް ދޮވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ. އަދި ބޭސް ބޭނުންކުރާފަރާތްތަކުން ފެނުގެ އަސަރު ނުކުރާނެ ރައްކާތެރި ތަނެއްގައި ބޭސް ރަށްކާރުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޮޑުވާ ފެން ޖެހިފައިވާ ކާބޯތަކެތި ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި މިދަނޑިވަޅުގައި ޢާންމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިއުމަށް އެއޭޖެންސީއިން އިލްތިމާސް ކުރެއެވެ.