ކުޅިވަރު

އީގަލްސް ބަލިކޮށް، ނިއު އެފްއޭކަޕް ސެމީއަށް


ކްލަބް އީގަލްސް ބަލިކޮށް، ނިއުރޭޑިއަންޓް އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

 މާލޭ ލީގަށްފަހު ޓީމްގެ ސީނިއަރ ކުޅުންތެރިނަށް ރިލީޒް ދީފައިވާތީ ޒުވާން ކުޅުންތެރިންތަކަކާއެކު ނިކުއިން އީގަލްސްގެ މައްޗަށް ކްއާޓަރ ފައިނަލްގައި ނިއުރޭޑިއަންޓް ކުރި ހޯދީ ފަހެއް އެކަކުންނެވެ. ނިއުރޭޑިއަންޓްގެ ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދާއި، ހުސެއިން އެލްޑޯއެވެ. ހާފް ނިމެން މިނިޓަކަށް ވެފައިވަނިކޮށް އީގަލްސްގެ މުސައްނިފް މުޙައްމަދު ލަނޑެއް ޖަހާ ނިއުރޭޑިއަންޓް ހާސްކޮށްލިއެވެ. ޒުވާން ކުޅުންތެރިޔާ ލަނޑުޖެހީ ތަޖުރިބާކާރު ކީޕަރު އިމްރާނު މުޙައްމަދު ކައިރިން ނައްޓާލުމަށްފަހުއެވެ. ނިއުގެ އަނެއް ތިން ލަނޑު ދެވަނަ ހާފްގައި ޖެހީ ހަސަން އަދުހަމްއާއި، ހުސެއިން އެލްޑޯއާއި، އިބްރާހީމް ފަޒީލްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފަހު ލަނޑު ޖެހި ފަޒީލްއެވެ. 

ސެމީފައިނަލްގައި ނިއުރޭޑިއަންޓް ވާދަކުރަންޖެހޭނީ މިރޭ ކުޅޭ ސެމީފައިނަލްގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ކޮންފޭރޭ ސްޕޯރޓްސް ކްލަބް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.