ޚަބަރު

އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި


ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އާއި ރ އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށާއި، ވިލާގަނޑުގައި 55 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ދެކުނާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަޑެއްގެ އަސަރު ރާއްޖެއަށް ކުރާނެތީ މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.