ޚަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މަޖިލީހުން ރުހުން ދީފި


ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްތިފާޤްވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމަވާފައިވަނީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު މި އެއްބަސްވުމުގައި ސޮއިކުރުމަށް ފާސްކޮށްފައިވަނީ މިއަދު ހަވީރު އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައެވެ.

ޤާނޫނު އަސާސީގެ 115ވަނަ މާއްދާގައި ބުނެފައިވަނީ ބޭރު ޤައުމުތަކާއެކު ދިވެހިރާއްޖެއިން އެކުލަވާލާ އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ބާވަތްތަކުގެ އެއްބަސްވުންތަކުގައި އަދި އެނޫންވެސް އެއްބަސްވުންތަކުގައި ސޮއިކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުމާއި އެކުގައި ކަމަށެވެ.