ޚަބަރު

އެމްޓީސީސީން 15 ބުރީގެ 2 ޓަވަރު އަޅަނީ


ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބައެއް ހޯދަން އެމްޓީސީސީން އިއުލާނުކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢުގެ ދަށުން އަޅާ މި ދެ ޓަވަރު އަޅަން ނިންމާފައިވަނީ ކޮންމެ ޓަވަރެއް ދިހަހާސް އަކަފޫޓުގެ ބިމެއްގައެވެ.

އެމްޓީސީސީން ބުނީ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހައެއްގެ ކުރިން އެކަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ތަފްސީލީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށާއި އަމާޒަކީ ޓަވަރުތައް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުންކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެޓީސީސީން އަޅާ ދެ ޓަވަރުގައި ގާތްގަނޑަކަށް ހަތަރުސަތޭކަ ވިހި އެޕާޓްމަންޓް ހުންނާނެ އެވެ.

ސަރުކާރުން ކުރިއަށްގެންދާ "ހިޔާ" މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި އޮފީސްތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން އާއްމުންގެ އެތައް ރައްޔިތުންނަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހިޔާ މަޝްރޫޢު ނިމިގެންދާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 36 ޓަވަރުގައި ސަތޭކަ ހާސް އަށްޑިހަ ހައުސިންގ ޔުނިޓް އަޅާނެއެވެ.