ޚަބަރު

އެންމެ އުފާވީ ރާއްޖެއަށް ރީތި ނަމެއް ހޯދައިދެވުނީމަ


ސާރކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުމުން އެންމެ އުފާވަނީ ފިލްމީ ދާއިރާއިން ރާއްޖެއަށް ފަހްރުވެރި ރީތި ނަމެއް ލިބުމުންކަމަށް އެ ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް އުފުލާލި އައިޝަތް ރިޝްމީ ބުނެފިިއެވެ.

ރިސްމީ މި އެވޯޑް ހާސިލްކޮށްފައިވަނީ ދިވެހި ފިލްމް ވިޝްކާގައި އެނާ ދައްކުވައިދިން މޮޅު އެކްޓުންނެވެ. ސާރކް ފިލްމް ފެސްޓިވަލުން ރިޝްމީ ހޯދި ކާމިޔާބީ އަކީ ރާއްޖޭގެ ބަތަލާއަކަށް ބޭރުގެ ފިލްމެ ފެސްޓިވަލަކުން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ރިޝްމީ ފްރޮޑިއުސްކޮށް ލީޑް ރޯލުން ފެނިގެންދިޔަ ވިޝްކާއިން ސާރކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯށް ރިޝްމީ އުފުލާފައިވަނީ ފެސްޓިވަލްގައި ފީޗަރ ފިލްމް ކެޓަގަރީން ސަތާރަ ފިލްމަކާ ވާދަކޮށްގެންނެވެ. މީގެތެރޭގައި މި ސަރަހައްދުގައި އެންމެ ވަރުގަދަ އިންޑިއާވެސް ހިމެނެއެވެ.

އެވޯޑް ހިފައިގެން މިއަދު މާލެ އައުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ރިސްމީ ބުނީ  ރާއްޖޭގެ ފިލްމްތަކުގެ ކޮލިޓީ ރަނގަޅުވަމުން އަންނަކަމަށެވެ. ރިޝްމީ ބުނީ ފިލްމްގެ ވިޝްކާގެ ވާހަކަ ލިޔަން ހަވާލުކޮށްފައިވަނީވެސް ސިދާ އެވޯޑަށް ވިސްނުން ބަހައްޓައިގެންކަމަށެވެ.  

ވޭތުވެދިޔަ ތިންއަހަރުވެސް ސާރކް ފިލްމް ފެސްޓިވަލްގައި ރާއްޖޭ ވާދަކޮށްފައިވޭ. 2015 އަހަރު ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ އިންސާނާ މި ފިލްމެވެ. މި ފިލްމަށް އެ އަހަރު ބްރޯންޒް މެޑެލް ލިބިފައިވެއެވެ. މިދިޔަ އަހަރު ފެސްޓިވަލްގައި ވާދަކޮށްފައިވަނީ "މިކޮއެ ބައްޕަ ބައޭބައޭ".