ޚަބަރު

އޭސީސީން މި އަހަރު 815 މައްސަލަ ބަލައިފި


އޭސީސީން މިއަހަރުގެ މިހާތަނަށް 815 މައްސަލަ ނިންމާފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މިއަހަރު އެކޮމިޝަނަށް ހުށައެޅުނު މައްސަލަތަކުގެ ބޮޑުބައެއް ހިއްސާކުރަނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތަކެވެ. އެކޮމިޝަނުން ނިންމި 815 މައްސަލައިގެ ތެރެއިން 242 މައްސަލައަކާ ގުޅިގެން ދައުލަތުގެ އެކި އިދާތާތަކަށް އެންގުންތައް އަންގާފައިވެއެވެ. އަދި 10 މައްސަލައެއްގައި ދައުވާކުރުމަށް ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމެއް ކުރާކަމަށް ފާހަގަކުރެވިފައިވާނަމަ، ކާކުކަން ނޭންގޭގޮތަށް އެކޮމިޝަނަށް މައްސަލަ ހުށައެޅުމުގެ މަގު އެކޮމިޝަނުން ވަނީ ފަހިކޮށްދީފައެވެ. އަދި އޮންލައިންކޮށް މައްސަލަ ހުށައެޅޭނެ އިންތިޒާމުވެސް އެކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.