ޚަބަރު

މިއަހަރުގެ ޒުވާނުންގެ ޤައުމީ އިނާމް 8 ފަރާތަކަށް ދެއްވައިފި


މިއަހަރުގެ ޒުވާނުންގެ ޤައުމީ އިނާމް 8 ފަރާތަކަށް ދެއްވައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޒުވާނުންގެ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

މިއަހަރު ޒުވާނުންގެ އިނާމް 7 ދާއިރާއަކުން 8 ޒުވާނަކަށް ލިބިފައިވެއެވެ. މިއަހަރުގެ އެންމެ ޝަރަފްވެރި އެވޯޑުކަމުގައިވާ، ޝަހީދު ޖަވާދު އުމަރުގެ ހަދާނީ ފިލާ ލިބިފައިވަނީ އަޙުމަދު ޝާފިއުއަށެވެ. މި ފިލާއަކީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެހެން މީހުންނަށް އެހީތެރިވެދީފައިވާ ފަރާތަކަށް ދޭ އެވޯޑެކެވެ.

މިއަހަރު ޒުވާނުންގެ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

- ވިޔަފާރިއާއި އިޤްތިސާދީ ދައިރާ އިން އަޙުމަދު ޤާލިބް،

- އާރޓްސް އެންޑް ކަލްޗަރގެ ދާއިރާއިން ޙުސެއިން ޝިހާމް،

- މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން ޢަލީ ނަސީމް،

- ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން އަހުމަދު ޝިހާމް،

- ދަރުމަވެރިކަމުގެ ދާއިރާއިން އަހުމަދު ނަޝީދު،

- ވޮކޭޝަނަލް ޓްރޭނިންގގެ ދާއިރާއިން މުހައްމަދު ޒައުޝާން

- ދުޅަހެޔޮ ޢާއިލާގެ އިނާމް އަހުމަދު ޝާފިއު

ޒުވާނުންގެ އެވޯޑަކީ ދިވެހި ޒުވާނުން ބައިނަލްއަޤްވާމީ އަދި ޤައުމީ ހައިސިއްޔަތުންނާއި ފަރުދީ ހައިސިއްޔަތުން ކުރާ މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސް ޔާމީން ދެއްވަން ފެއްޓެވި ޝަރަފުވެރި އެވޯޑެކެވެ. އަދި ޝަހީދު ޖަވާދު އުމަރުގެ ހަދާނީ ފިލާއަކީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެހެން މީހުންނަށް އެހީތެރިވެދީފައިވާ ފަރާތަކަށް ދޭ އެވޯޑެކެވެ.