ޚަބަރު

ޔޫފެސްޓް 2017 ގެ ޙާއްސަ މިއުޒިކްޝޯ މިރޭ


ޒުވާނުންގެ ދުވަހާ ގުޅުވައިގެން، ހުޅުމާލެ ޑިވަލަޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބާއްވާ ޔޫފެސްޓް 2017 ގެ ޙާއްސަ މިއުޒިކްޝޯ މިރޭ އޮންނާނެއެވެ.

މި މިއުޒިކްޝޯ އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މާލެ އާއި އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. ޒަވިޔަނި ފެސްޓިވަލްގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންގެ ހުނަރު ދައްކާލުމަށްޓަކައި އިއްޔެ ވަނީ މާލޭ ރަސްފަންނު ސަރަހައްދުގައި ފެސްޓިވަލެއް ބާއްވާފައެވެ. މީގެ އިތުރުން ހުޅުމާލޭ ޑިވޮލަޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން އިންތިޒާމްކޮށްގެން ވަނީ ޔޫފެސްޓް 2017 ގެ ނަމުގައި ޙާއްސަ ފެސްޓިވަލެއް މިއަދު ހުޅުމާލޭގައި ފަށާފައެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ކުޅިވަރުތަކާއި، ހަރަކާތްތައް ކުރިއަށްގެންދާ މި ފެސްޓިވަލުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/15115353340562.jpg|

ޔޫފެސްޓް 2017ގެ ހަރަކާތްތައް މިއަދު ހެދުނު ހަ ގަޑި ބައިގައި ފަށާފައިވަނީ މި ފެސްޓިވަލުގެ ތެރެއިން ޙާއްސަ ޔޯގާ ސެޝަން އަކާއި، އޮބްސްޓްކަލް ކޯހަކާއި، ބައިކްމޯލްޑިވްސްގެ ހަރަކާތްތަކާއި އެކުއެވެ. ބާއްވާފައި. މީގެއިތުރުން މޫދު ކުޅިވަރާއި ޑީޖޭ ސެޝަންތަކާއި، ކުޑަކުދިންގެ ހަވީރަކާއި، ފުޓްސަލް މުބާރާތެއްވެސް ބާއްވާފައިވެއެވެ.

img:http://s2.psmnews.mv/images/660x400/15115353859387.jpg|

މި ފެސްޓިވަލް ނިންމާލުމުގެ ގޮތުން ލަވައާއި މިއުޒިކީ ދާއިރާގެ ތަފާތު ފަންނާނުންނާއި، ޑީޖޭ އާއެކު ބައްވާ ހާއްސަ މިއުޒިކްޝޯއެއް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާނެއެވެ. މިއުޒިކް ޝޯއަށް ވަނުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.