ޚަބަރު

"ޒަވިޔަނި ޔޫތް ފެސްޓިވަލް" މިއަދު ހަވީރު ފަށާނެ


މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން ބާއްވާ ޙާއްސަ ހަރަކާތް "ޒަވިޔަނި ޔޫތް ފެސްޓިވަލް" މިއަދު ހަވީރު ފަށާނެއެވެ.

"ޒަވިޔަނި ޔޫތް ފެސްޓިވަލަކީ ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލާ، އުފެއްދުންތަކަށް އަދި ހުނަރުތައް މާރކެޓް ކުރުމަށް ބާއްވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ މިއަދު ހަވީރު ހަތަރަކުން މިރޭ ބާރައަށް ރަސްފަންނު ސަރަޙައްދުގައެވެ. ފެސްޓިވަލް ފައްޓަވައިދެއްވާނީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމެވެ.

މި ފެސްޓިވަލްގައި ނުވަދިހައަށް ވުރެ ގިނަ ޒުވާނުން އެމީހުންގެ ހުނަރުތަށް ދައްކާލުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެގޮތުން މި ފެސްޓިވަލްގައި ހަތްދިހަ ސްޓޯލް ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ޒަވިޔަނި ޔޫތް ފެސްޓިވަލުގައި ވިޔަފާރިވެރިންނާއި ޒީނަތްތެރިވުމުގެ ދާއިރާއާއި ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއާއި ކުރެހުމުގެ ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާނެެެއެވެ. އަދި ލައިވް މިއުޒިކްގެ ހަރަކާތްތައް ދައްކާލުންވެސް ކުރިއަށްދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.