ކުޅިވަރު

ޓިކެޓް އަގުބޮޑުވެގެން ބަޔާން ސަޕޯޓަރުން ރުޅި އަތުވެއްޖެ


ރަށުން ބޭރުގައި ބަޔާން މިއުނިކް ކުޅޭ މެޗުތަކުގެ ޓިކެޓް އަގުބޮޑުވެގެން ސަޕޯޓަރުން ދަނޑަށް ފައިސާ އުކައިފިއެވެ. 

ބެލްޖިއަމްގެ އަންޑަރލެކްޓް އަތުން ރޭ ރަށުން ބޭރުގައި ބަޔާން 2-1އިން މޮޅުވި މެޗުގައި އަންޑަލެކްޓުން ޓިކެޓެއް ވިއްކާފައިވަނީ 100 ޔޫރޯ އަށެވެ. ނަމަވެސް ބަޔާން އިން ބުނެފައިވަނީ ޑިސްކައުންޓް ރޭޓެއް ކުލަބަށް 70 ޔޫރޯ އަށް ޓިކެޓް ވިއްކަން ލިބުނު ކަމަށެވެ. އަގުބޮޑުވީ ކުލަބާ ވަކިން ސަޕޯޓަރުން ގަތް ޓިކެޓް ކަމަށެވެ. ބަޔާންގެ ސަޕޯޓަރުން ވަނީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކާއި އަމިއްލަ ލީގުގައި ކުޅޭ މެޗުތަކުގައި ވެސް ޓިކެޓް އަގުބޮޑުވާތީ މީގެ ކުރިން ވެސް ހަޅުތާލުކޮށްފައެވެ. އެމީހުންގެ ބުނާގޮތުގައި ކުލަބުން މަސައްކަތް ކުރަނީ ސަޕޯޓަރުންނަށް ނުއުފުލޭވަރުގެ ބޮޑު ބުރައަކަށް ޓިކެޓް ކަންތައް ހެދުމަށެވެ.