ކުޅިވަރު

ޗެމްޕިއަންސް ލީގުގެ އިތުރު މެޗަކަށް ކަވަހާލް ސަސްޕެންޑްކޮށްފާނެ


ރެއާލް މެޑްރިޑުގެ މުހިންމު ކުޅުންތެރިޔާ ޑެނީ ކަވަހާލް ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ މެޗަކަށް ސަސްޕެންޑް ކޮށްފާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

 އޭނާ މިހާރު ވެސް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ސަސްޕެންޑްކޮށްފައެވެ. އެއީ އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި މެޗު ލަސްކުރަން މަސައްކަތް ކުރުމުން ދެއްކި ރީނދޫ ކާޑުގެ ސަބަބުންނެވެ. އިތުރު އަދަބެއް ކަވަހާލްއަށް އަތުވެދާނެ ކަމަށް ބެލެވުނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ތަކުރާރުކޮށް ކާޑު ހޯދުމުގެ ސަބަބުން އޭނާގެ ޑިސިޕްލިން ރެކޯޑް ގޯސްވެފައިވާތީއެވެ. މިފަދަ އަމަލުތަކާހެދި ކުޅުންތެރިއަކު އިތުރު މެޗަކަށް ސަސްޕެންޑްކުރުމަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ އަތުގައި އޮންނަ ބާރެކެވެ. 

މީގެ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ޒަބީ އަލޮންސޯ އަށް ވެސް 2014 ވަނަ އަހަރު މިފަދަ އަދަބެއްވަނީ ދީފައެވެ.