ޚަބަރު

އުރުވަޝީ ރައުޓޭލާ ރާއްޖެ އަތުވެއްޖެ


މާދަމާ ރޭ ބާއްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ ހަފްލާގައި ބައިވެރިވުމަށް ބްލީވުޑްގެ މަޝްރޫހު އެކްޓްރެސް އުރުވަޝީ ރައުޓޭލާ ރާއްޖެ އަތުވެއްޖެއެވެ.

އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދި ހިންދީ ފިލްމް 'ސަނަމް ރޭ' ގެ ލީޑް ރޯލުން ފެނިގެންދިޔަ އިންޑިއާގެ ރީތީގެ ރާނީ އުރުވަޝީ ރާއްޖޭގައި ހުންނާނީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައެވެ. މިއީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވާ ރިސޯޓެވެ.

މާދަމާ ރޭ ބާއްވާ މަޓާޓޯ ޓްރެވަލް އެވޯޑްސްގައި ބައިވެރިވެެ ބައެއް އެވޯޑްތައް ޕްރެޒެންޓު ކުރާނީ އުރުވަޝީ ކަމަށް މަޓާޓޯއިން ބުނެއެވެ.

ދެހާސް ފަނަރަަވަނަ އަހަރުގެ 'މިސް ޓީން އިންޑިއާގެ މަޤާމް ހާސިލްކޮށް އެ އަހަރުގެ މިސް ޔުނިވަރސްގައި އިންޑިއާގެ ފަރާތުން ބައިވެރިވެފައިވަނީ އުރުވަޝީއެވެ.