ޚަބަރު

ޠަލްހަތުގެ މައްޗަށް ކުރި ޙުކުމަށް ހައިކޯޓުން ތާޢީދުކޮށްފި


ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ޤާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގަ,  ކުރީގެ ޑިފެންސް މިނިސްޓަރ ޠަލްހަތު އިބްރާހީމް ކަލޭފާން ދިހަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާޢީދުކޮށްފިއެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ ޠަލްހަތު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ގައެވެ. މި ޙުކުމް އޭނާ އިސްތިއުނާފް ކުރުމުން މައްސަލަ ބެލުމަށް ފަހު ހައިކޯޓުން މިއަދު ކުރި ޙުކުމްގައި ވަނީ ޠަލްޙަތުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށާއި 10 އަހަރަށް ޖަލަލަށްލުމަށް ކްރިމިނަލް ކޯޓުންކުރި ޙުކުމް ރަނގަޅުކަމަށެވެ.