ކުޅިވަރު

ރޮނާލްޑީނިއޯގެ ނަސޭހަތެއް ނޭމާ އަށް!


ބްރެޒިލްގެ މަޝްހޫރު ތަރި ރޮނާލްޑީނިއޯ އެގައުމުގެ މިހާރުގެ ތަރި ނޭމާ ސަންޓޯސް އަށް ވަރަށް ހާއްސަ ނަސޭހަތެއް ދީފިއެވެ.

ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ބުނީ އޭނާގެ ކެރިއަރުގައި ނޫސްކިޔައި ޓީވީޝޯ ތައް ބަލައި ނުހަދާ ކަމަށެވެ. ސަބަބަކީ ނޫސްވެރިން ކިޔާ ފާޑުކިއުންތަކާއި ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުންތަކުގެ ސަބަބުން ކެރިއަރަށް ގެއްލުންވާން ބޭނުން ނުވުން ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބާސެލޯނާގައި ހުރެ ދެ ފަހަރު ހޯދި ރޮނާލްޑީނިއޯ ބުނީ އުފަލުގައި ހުރެ ފުޓްބޯޅަ ކުޅުމަށް މިފަދަ އަމަލުތަކާ ދުރުވާންޖެހޭ ކަމަށެވެ. އަދި ނޫސްވެރިން އެމީހުންގެ މިނިވަންކަމުގައި ހަރަކާތްތެރިވާން ދޫކޮށްލަން ޖެހޭ ކަމަށެވެ.

ރޮނާލްޑީނިއޯ ބުނީ އޭނާ އެދެނީ ނޭމާ ވެސް މިފަދައިން ކަންތައްތައް ކުރުން ކަމަށާއި އުފަލުގައި ހުރެ ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދެވެނެ ހުރިހާ ގާބިލްކަމެއް ނޭމާ އަށް ލިބިފައިވާ ކަމަށެވެ.

ރޮނާލްޑީނިއޯ ނޭމާ އަށް ނަސޭހަތްމިދިނީ ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސެލޯނާ އަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނީ ޕީއެސްޖީގައި ނޭމާ ހިތްހަމަނުޖެހޭ ކަމަށް ބުނެ މީޑިޔާތަކުން ވަރަށް ބޮޑަށް ވާހަކަ ދައްކަމުންދާ ދުވަސްވަރެއްގައެވެ. މިކަމާހުރެ ނޭމާ ވެސް ވަނީ ގިނަ ވާހަކަތަކަކީ ދޮގު ވާހަކަތައް ކަމަށާއި އޭނާ އަށް މީޑިޔާތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރަމުންދާ ކަމަށް ބުނެފައެވެ.