ދީނާއި އަޅުކަން

ޢިލްމުވެރިންގެ 5 ވަނަ މަހާސިންތާގައި 11 ކަރުދާހެއް ހުށައަޅާނެ!


ޢިލްމުވެރިންގެ ފަސްވަނަ މަހާސިންތާގައި މުޖުތަމައުއަށް ފައިދާހުރި މުހިއްމު މަޢުޟުޢުތަކަކަށް މަޝްވަރާ ކުރަމުންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.  

މި މަހާސިންތާގައި އިސްލާމީ ޘަޤާފަތާއި، ތަރުބިއްޔަތާއި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުނާއި، މަސައްކަތްތެރިކާމާ ބެހޭގޮތުން ބަހުޘްކުރާނެއެވެ. އަދި ޤައުމިއްޔަތާއި އިންސާނީ ޙައްޤުތަކާމެދު ވެސް މި މިހާސިންތާގައި ބަހުޘްކުރާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާގައި 11 ކަރުދާހެއް ހުށައެޅުމަށް ހަމަޖެހިފައިވާކަމަށެވެ. 

ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ އިލްމުވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި މަހާސިންތައިގެ ސަބަބުން  މުޖުތަމަޢުގެ އަފްރާދުންނަށް ދީނުގެ ސައްޙަ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށެވެ. މިފަދަ ކޮންމެ މަހާސިންތާއަކުން ނިންމާ ހުރިހާ ކަންތައްތަކަކީ ތަންފީޒްކުރަން ޖެހޭ ކަންތައްތަކަށް ނުވިނަމަވެސް، މުޖުތަމަޢަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޢިލްމްވެރިންގެ މެދުގައި މަޝްވަރާ ކޮށް ، މުޖުތަމަޢުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަންކަމަށް މަސައްކަތް ކުރަމުންދާނެކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

"މި މަހާސިންތާއިން ލިބިގެންދާނެ ފައިދާއަކީ  އަޅުގަނޑުމެންފަދަ ، މުސްލިމް  މުޖުތަމައެއްގައި އިސްލާމްދިނާ މެދު ހިތުގަ އޮންނަ ލޯތްބާއި އިތުބާރު ހަރުދަނާކުރުމަށްޓަކައި ، ދިނީ މަޢުލޫމާތުތަކެއް އިލްމްވެރިން ތިއްބަވައިގެން، އެ މަޢުލޫމާތުތައް އަޑުއައްސަވައިގެން، ހުށަހަޅައި މަޢުލޫމާތުތަކާމެދު މަޝްވަރާ ކުރުމަށްފަހު، ސައްޙަ މަޢުލޫމާތުތައް މުޖުތަމަޢުއަށް ނެރޭނެ."- މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.  

މިއަދުގެ ސެޝަންތަކުގައި ވަނީ  ކީރިތި ރަސޫލާ މީސްތަކުންނަށް އިސްލާމްދީން އުނގަންނަވައިދެއްވުމާއި، އިސްލާމްދީން ތަޢާރަފް ކުރުމަށްޓަކައި އެކަލޭގެފާނު އިސްލާމްދީން ހުށައެޅުއްވި ގޮތުގެމައްޗަށް ކަރުދާސްތަކެއް ހުށައަޅާފައެވެ.

ރާއްޖެއިން ބޭރުގެ ޢިލްމުވެރިން ބައިވެރިވާ މި މަހާސިންތާގައި، އިސްލާމިކް މިނިސްޓަރގެ ޚާއްސަ ދައުވަތަކަށް، އުރުދުންގެ ކުރީގެ އިސްލާމިކް މިނިސްޓަރު ވަނީ ބައިވެރިވަޑައިގެންފައެވެ.

5ވަނަ ޢިލްމުވެރިންގެ މަހާސިންތާގެ މި އަހަރުގެ ޝިޢާރަކީ "ދީނާއި ޤައުމިއްޔަތު- ދިވެހިންގެ ނާރެސް" މި މަހާސިންތާއަކީ އިސްލާމީ ނިޒާމްގައި ޝަރުޢު ކުރައްވާފައިވާ އުޞޫލްތަކާމެދު ރައްޔިތުން ހޭލުންތެރިކުރުމާއި ޢިލްމުވެރިންގެ މަޢުލޫމާތާއި ޚިޔާލު ޙިއްޞާކުރުމަށް ބާއްވާ މަހާސިންތާއެވެ.