ޚަބަރު

ޒުވާނުންގެ ދުވަހާއި ގުޅިގެން ލަންކާގައި ކުޅިވަރު ހަރަކާތްތަކެއް


ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ސްރީލަންކާގައި އުޅޭ ދިވެހި ޒުވާނުންނަށް އަމާޒުކޮށް ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތެއް ފަށައިފިއެވެ.

މިއީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ދަށުން ހިންގަވާ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ހިންގަވާ މުބާރާތެކެވެ.

img:http://s2.psmnews.mv/images/660x400/15109286085569.jpg|ފުޓްސަލް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއީސީސީ

މިގޮތުން އެމްއީސީސީ ޔޫތު ފުޓްސަލް ކަޕުގައި 12 ޓީމް ވާދަކުރާއިރު އެމްއީސީސީ ޔޫތު ހޭންޑްބޯލް މުބާރާތުގައި 5 ޓީމެއް ވާދަކުރެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 25،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

img:http://s1.psmnews.mv/images/660x400/15109284113267.jpg|ޒުވާނުންގެ ދުވަހާއި ގުޅިގެން ލަންކާގައި ކުރިއަށްދާ ހޭންޑްބޯލް މުބާރާތުގެ ތެރެއިން / ފޮޓޯ: އެމްއީސީސީ

މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ޤާއިމްކޮށްފައިވާ ހޭންޑް ބޯލް އަދި ފުޓްސަލް ދަނޑުތަކުގައި މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 17 އިން 19ގެ ނިޔަލަށެވެ. 

ސްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ސަރުކާރުން ގެންދަވަނީ ޒުވާނުންގެ ކުރިއެރުމަށް ގިނަ ހަރަކާތްތަކެއް ހިންގަވަމުނެވެ.