ޚަބަރު

އައިއީޑީއެއް ހަދަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި


އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް، (އައިއީޑީއެއް) ހަދަން އުޅުނު 2 މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ. 

އެމީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ އައިއީޑީ އުފެއްދުމަށް ބޭނުންވާ ގިނަ ސާމާނުތަކާއެކުކަމަށް މަޢުލޫމާތުލިބެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިކަމާގުޅިގެން ފުލުހުން ވަކިއެއްޗެއް ހާމަކުރަން ބޭނުންނުވާކަމަށެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުވެސް ސިފައިން ވަނީ މުލިޔާގެ ކައިރީ ނޫރާނީ ގޯޅީގައި ޕާރކް ކޮށްފައިއޮތް ވެހިކަލެއްގައި އޮތް އައިއީޑީއެއް ހޯދާ އެ ޑިފިއުސްކޮށްފައެވެ. މީގެ އިތުރުން ރިޔާސީ ލޯންޗުކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށްވެސް އައިއީޑީއެއް ގޮއްވާލާފައިވެއެވެެ.