ޚަބަރު

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 16 ބާއްވަނީ


މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އަންނަ މަހު 16 ވަނަ ދުވަހުކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަކަކުރުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫގައެވެ. ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ގއ. ގެމަނަފުށީގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ 1981 ވަނައަހަރުއެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ.