ޚަބަރު

އެކްސިޑެންޓުވި ސީ ޕްލޭން ވެލާނާ އެއަރޕޯޓަށް ގެންނަނީ


ދ.އަތޮޅު ދޫރެސް ރިޓްރީޓް ރިސޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދާން، ފުރަން އުޅުމުގެތެރޭގައި މޯލްޑިވިއަން ސީ ޕްލޭނެއް އެކްސިޑެންޓްވެއްޖެއެވެ. 

މި ޙާދިސާ ހިނގިއިރު ބޯޓުގައި 13 ފަސިންޖަރުންނާއި 3 ކުރޫއިން ތިއްބެވެ.  އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އައިލެންޑް އޭވިއޭޝަނުންބުނެއެވެ. 

އައިލެންޑު އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިޘް ވިދާޅުވީ މި އެކްސިޓެންޑު ހިނގާފައިވާކަމަށް ލަފާކުރެވެނީ، ސީ ޕްލޭން ނައްޓާލުމަށް ތައްޔާރުވަމުން ދަނިކޮށް، މޫދުގައި އޮތް އެއްޗެއްގައި ޖެހި، ސީ ޕްލޭންގެ އެއް ކަނދު ފޭވުމާ ގުޅިގެން ކަމަށެވެ.

"ފުރަން އުޅުމުގެތެރޭގައި މިކަން ހިނގީ، ޓޭކް އޮފްއަށް ދަނިކޮށް، ބޯޓު ހަމަ ކުއްލިއަކަށް އެއް ކަނދު ބޯޓުން ކޮންމެވެސް ވަރަކަށް ފޭވެގެން ދިޔައީ، ދެން އަޅުގަނޑުމެންނަށް މިހާރު ބޮޑަށް އިނިޝިއަލީ، ކެޕްޓަނާވެސް ވާހަކަދައްކާލުމަށްފަހު މި އެނގުނީ ކޮންމެވެސް ފޮރިން ޑެބްރީއެއް ކަހަލަ އެއްޗެއް މީގަ ޖެހުނީ ކަމަށް މި ބޮޑަށް މި ބެލެވެނީ" ހާރިޘް ވިދާޅުވިއެވެ. 

ސީ ޕްލޭންގެ ކަނދު ބިދި އަރިއަޅާލާފައިވުމުން، ސީ ޕްލޭންގެ ތެރެއަށް ލޮނު ވަންނަމުންދާތީ، ސީ ޕްލޭން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އަދި އެމްޓީސީސީއާއި އެމްޕީއެލްއާ ގުޅިގެން ސީ ޕްލޭން މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ. ސިވިލް އޭވިއޭޝަނުން ބުނީ މި ހާދިސާ މިހާރު ދަނީ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީންނާއި ސިވިލް އޭވިއޭޝަނުން ތަޙްޤިްކުރަމުންކަމަށެވެ.