ޚަބަރު

މޯލްޑިވިއަން ސީޕްލޭނެއް އެކްސިޑެންޓްވެއްޖެ


ދ. އަތޮޅު ދޫރެސް ރިސޯޓުން  ނައްޓާލަން އުޅުމުގެ ތެރޭގައި މޯލްޑިވިއަން ސީޕްލޭނެއް އެކްސިޑެންޓްވެއްޖެއެވެ. އައިލެންޑު އޭވިއޭޝަނުން މައުލޫމާތުދޭގޮތުގައި މި އެކްސިޓެންޑު ހިނގާފައިވަނީ ސީ ޕްލޭން ނައްޓާލުމަށް ތައްޔާރުވަމުން ދަނިކޮށް، މޫދުގައި އޮތް އެއްޗެއްގައި ޖެހި، ސީ ޕްލޭންގެ ކަނދު ބިދިގެން ކަމަށެވެ. 

މި ހާދިސާ ހިނގިއިރު، ސީ ޕްލޭންގައި ފަނަރަ ފަސިންޖަރުން ތިބި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. 

img:http://s2.psmnews.mv/images/660x400/15108149153840.jpg|މިއަދުު އެކްސިޑެންޓްވި މޯލްޑިވިއަންގެ ސީ ޕްލޭން / ފޮޓޯ : އެމްއެންޑީއެފް

ސީ ޕްލޭންގެ ކަނދު ބިދި އަރިއަޅާލާފައިވުމުން، ސީ ޕްލޭންގެ އެތެރެއަށް މިހާރު ލޮނު ވަންނަމުންދާ އިރު، ސީ ޕްލޭން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.