ޚަބަރު

މާރާމާރީއާ ގުޅިގެން ގެއެއް ބަލައި ފާސްކޮށް ބަޔަކު ހައްޔަރުކޮށްފި


މާލޭގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ އިރާކޮޅު މާލޭގައި ހިނގި މާރާމާރީ ގުޅިގެން  ބަޔަކު ހައްޔަރުކޮށްފައިވަނީ  މ. ސީނީއަސުރުމާގެ ބަލައި ފާސްކުރުމަށްފަހުކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ކިތަން މީހުންކަމާއި، އެ މީހުންގެ އިތުރު ތަފްސީލް ފުލުހުން ދީފައެއް ނުވެއެވެ. 

އިއްޔެ ހަވީރު 5:50 އެހާކަށްހާއިރު މާރާމާރީ ހިންގާފައިވަނީ އެމްއެޗްއޭ މާޓް ކައިރީގައި ކަމަށެވެ. ޒަޚަމްވި ދެ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ޒަޚަމްވެފައި ވަނީ އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ ޒުވާނުންކަމަށެވެ.

މި މާރާމާރީގައި ޒަޚަމްވި 20 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެެވެ. ނަމަވެސް މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއްނުކުރެއެވެ.