ޚަބަރު

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ދެ ޒުވާނަކު ޒަޚަމްކޮށްލައިފި


މާލޭގައި މިއަދު ހަވީރު މާރާމާރީ ހިންގާ ދެ މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:50 އެހާކަށްހާއިރު މި މާރާމާރީ ހިންގާފައިވަނީ އެމްއެޗްއޭ މާޓް ކައިރީގައި ކަމަށެވެ. ޒަޚަމްވި ދެ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ޒަޚަމްވެފައި ވަނީ އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ ޒުވާނުންކަމަށެވެ.

މި މާރާމާރީގައި ޒަޚަމްވި 20 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެެވެ. ނަމަވެސް މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއްނުކުރެއެވެ.