ޚަބަރު

ޝަރަފްވެރިކަމުގެ ޤައުމީ އިނާމް ދެބޭފުޅަކަށް ދެއްވައިފި


މިއަހަރުގެ ޝަރަފްވެރިކަމުގެ ޤައުމީ އިނާމް ދެބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 24 ބޭފުޅަކަށް ދެއްވައިފިއެވެ. މި އިނާމްތަށް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންޢަބްދުލްޤައްޔޫމްވެ. 

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުލިބިވަޑައިގެންނެވި ބޭފުޅުންނަށް އެމަނިކުފާނު ދެއްވީ، ހަނދާނީފިލައަކާއި، ހަނދާނީ ލިޔުމެކެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 2 ބޭފުޅަކަށެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަންކުރިއެރުވުމުގެ ރޮނގުން، ގދ.ތިނަދޫ އަލިދޯދި އަބްދުﷲ ޢަފީފަށް އިނާމު ލިބިވަޑައިގަތެވެ. އަދި ޞިއްޙީ ދާއިރާއިން، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ރޮނގުން ހ.މިލާފަރު ޑޮކްޓަރ މުޙައްމަދު އަޙްމަދަށް އިނާމު ލިބިވަޑައިގަތެވެ. 

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށާއި ޖަމްޢިއްޔާއަކަށް ވަނީ ދެއްވާފައެވެ.  

ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހިމުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރިއިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެމަޤްޞަދުގައި ދެވޭ އިނާމެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމްވެސް މި ހަފްލާގައި ވަނީ ދެއްވާފައެވެ. 

މިއަހަރު ޚާއްޞައިނާމު ލިބިވަޑައިގަތީ، 23 ބޭފުޅަކަށާއި ޖަމްޢިއްޔާއަކަށެވެ. މިފަރާތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެއެންމެމަތީ ލެވެލްގެ ސަނަދެއް ޙާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 3 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަހޯއްދެވި 20 ބޭފުޅަކަށާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުންނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފުހޯދާފައިވާ އަމިއްލަ ޖަމްޢިއްޔާއެއް ހިމެނެއެވެ. 

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކޮއްގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ޙާފިޡުންނަށާއި، 2016 ވަނަ އަހަރުބޭއްވި ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދައިގެންރައީސުލްޖުމްހޫރިއްޔާގެ މެޑެލް ޙާސިލުކުރި ދަރިވަރުންނަށާއި، 2017 ވަނަ އަހަރުބޭއްވި މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށް ދެއްވާމެޑެލްވެސް ދެއްވިއެވެ. 

މީގެއިތުރުން، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރިސްކައުޓުންނަށާއި، ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ގައިޑަށް ވެސް ވަނީ އެ ޝަރަފުދެއްވާފައެވެ.