ވިޔަފާރި

މޯލްޑިވިއަން އިން ޑޭޝް-8 ގެ އިތުރު މަތިންދާބޯޓެއް ގެންނަނީ!


މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް، އަންނަ ޖެނުއަރީމަހުގެތެރޭގައި "ޑޭޝް އެއިޓް" މަރުކާގެ އިތުރު މަތިންދާ ބޯޓެއް ރާއްޖެއަށް ގެނަައުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

އަލަށް ގެންނަ މަތިންދާބޯޓާއެކު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ "ޑޭޝް އެއިޓް" މަރުކާގެ މަތިންދާ ބޯޓުތަކުގެ ޢަދަދު އެގާރައަށް އަރާނެއެވެ. ޑޭޝް އެއިޓް ބޯޓު ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ ސްވިޒަރލޭންޑުންނެވެ. މި ބޯޓަކީ ފަންސާސް ހަ ގޮޑީގެ މަތިންދާ ބޯޓެކެވެ.

އަދި މީގެއިތުރުން މިމަހު ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އިތުރު ދެ ސީ ޕެލޭންވެސް ރާއްޖެއަށް ގެނައުމަށްވެސް މޯލްޑިވިއަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ބޮޑު ޗުއްޓީއަކީ މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ބާރުބޮޑުވާ ދުވަސްކޮޅެއް ކަމުން ކުރީބައިގައި ޓިކެޓް ނެގުމަށް މޯލްޑިވިއަންއިން އިމްތިޒާމުކުރެއެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން ދަތުރުކުރާ ހުރިހާ މަންޒިލަކަށްވެސް އާއްމުގޮތެއްގައި ދުވާލަކު ފަސްވަރަކަށް ދަތުރުުކުރާނެ ކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.