ކުޅިވަރު

އަންހެން ޑިވިޝަންގައި މިސްކިތްމަގު ދެ މެޗުންވެސް ބަލިވެއްޖެ


މިސްކިތްމަގު އެންމެންގެ ގުޅުން ބަލިކޮށް، ފްރެންޑްސް ކްލަބް ފުނާޑް ފުރަތަމަ މޮޅު ހޯދައިފިއެވެ. 

ދަނޑިމަގު ރަނިން އަތުން ބަލިވެފައިވަނިކޮށް، ރޭ މިސްކިތްމަގު އެންމެންގެ ގުޅުމުގެ މައްޗަށް ފުނާޑް ކުރި ހޯދީ ތިން ސެޓް އެއް ސެޓުންނެވެ. މެޗުގެ ސެޓްތައް ފުނާޑް ގެންދިޔައީ 25-22، 21-25، 25-21 އަދި 25-20 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފްރެންޑްސް ކްލަބް ފުނާޑަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ބޯހަނީ އެސްފަހަނީ މައެދާއެވެ. ބިދޭސީ ދެ ކުޅުންތެރިންގެ އިތުރުން ޤައުމީ ޓީމްގެ އައިޝަތު މާޖިދާވެސް ކުޅެމުން އަންނަނީ އަހުމަދު ސުނާނުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ފުނާޑް ޓީމަށެވެ. ފުނާޑް ޓީމް ވަނީ ދަނޑިމަގު ރަނިންގ އަތުން ތިން ސެޓް ދެ ސެޓުން ބަލިވެފައެވެ.

 އަންހެން ޑިވިޝަންގައި ވާދކުރަނީ ތިން ޓީމެވެ. ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރީ ދަނޑިމަގު ރަނިންގއެވެ. އަންހެން ޑިވިޝަންގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ވާދަކުރާނެއެވެ. ފައިނަލަށްދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.