ކުޅިވަރު

ފަހަތުން އަރާ ފުނާޑު ބަލިކޮށް ދަނޑިމަގު ރަނިން ފައިނަލާއި ގާތަށް!


ފަހަތުން އަރާ ފްރެންޑްސް ކުލަބު ފުނާޑު ބަލިކޮށް ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު ދަނޑިމަގު ރަނިން ބޮޑުކޮށްފިއެވެ. 

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ފްރެންޑްސް ކުލަބު ފުނާޑާއި ދަނޑިމަގު ރަނިން ވާދަކުރި މެޗު ދަނޑިމަގު ޓީމް ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. 

މެޗުގެ ފުރަތަމަ ދެ ސެޓު ފްރެންޑް ކުލަބު ފުނާޑު ކާމިޔާބުކުރީ ފަންސަވީސް ފަނަރަ އަދި ފަންސަވީސް އެކާވީހުންނެވެ. އެހެންނަމެވެސް ބިދޭސީ ކުޅުންތެރިޔާ ނިރްމަލާގެ ބާރު ހަމަލާތަކާއިއެކު ދަނޑިމަގު ރަނިން ޓީމުން ޖެހިގެން އައި ދެ ސެޓު ކާމިޔާބުކުރީ އަށާރަ ފަންސަވީސް އަދި ސަތާރަ ފަންސަވީހުންނެވެ. މެޗުގެ ފަހު ސެޓުވެސް ދަނޑިމަގު ރަނިން ޓީމުން ކާމިޔާބުކުރީ ދިހައެއް ފަނަރައިންނެވެ. 

މުބާރާތުގެ އަންހެން ޑިވިޝަންގައި ދަނޑިމަގު ރަނިން ކުޅުނު ދެ ޓީމްވެސް އެޓީމްވަނީ ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ފައިނަލުން ޖާގަ ޔަގީންކުރަން މިހާރު އެޓީމަށް ބޭނުންވަނީ އެންމެ މޮޅެކެވެ. 

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އަފުން ޓީމާއި ނެރެގަނޑެވެ. މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ފްރެންޑްސް ކުލަބު ފުނާޑެވެ.